ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ދެކޮނު ދާއިރާގައެވެ.

އެގޮތުން ރައީސް ވަނީ އެދާއިރާގެ ބައެއް ގެތަކަށް ވަޑައިގެން އެގެތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މިއަދުގެ މި ހަރަކާތުގައި ވެސް ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުންގެ އިތުރުން ޕީއެންސީން މާލެގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

މިހަރަކާތުގެ ތެރެއިން މިއަދު ހެންވޭރު ދެކުނު ދާއިރާއަށް ރައީސް ވަޑައިގެންފައިވާއިރު މީގެ ކުރިންވަނީ މައްޗަށްގޮޅި މެދު ،ހެންވޭރު ހުޅަނގު، ގަލޮޅު އުތުރުގެ އިތުރުން މާފަންނު މެދު ދާއިރާއަށްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

މި ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކޮށްލެވޭއިރު، ކުރިއަށް އޮތް އިންތިހާބަށް ޕީއެންސީން އަންނަނީ ފޯރީގައި ތައްޔާރުވަމުންނެވެ. އެ ޕާޓީން ވަނީ އިންތިހާބަކާއި ނުލައި 69 ގޮނޑި ވެސް ކާމިޔާބުކޮށްފައެވެ.