އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން، 6،363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ޖެޓީއެއް ހެދުމާއި، މޫރިން ބޮއެ އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމްޓީސީސީން ބުނީ ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމަށެވެ.
We have completed Adh. Hangnaameedhoo Harbor Development Project. The value of the project is MVR 32.50 million.#MTCCProjects #RayyithungeKunfuni pic.twitter.com/HDf46qWiHe
— MTCC Plc (@MTCCPlc) November 1, 2022
އެގޮތުން މުސްކުޅި ބަނދަރު ބާވެ މަރާމާތަށް ބޭނުންވެފައި އޮއްވާ، ބަނދަރަ ށް ޖާގަ އިތުރުވެ، ބޭރުފަރާތު ގައު ތޮށި ހިލަ ތޮއްޓަކަށް ބަދަލުކުރެވި، ނުނިމިއޮތް އެއްގަމު ތޮށި އެއްކޮށް ނިމިގެން ދިޔުމާއެކު އޮޑި ދޯނިފަހަރަށް ފަސޭހައިން ގާތްކޮށް ލަފާ ފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހަންޏާމީދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ހަންޏާމީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ހައުސިން މިނިސްޓްރީން 32.50 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މާޝްރޫއުއެކެވެ.