އީރާނުގެ އައު އެންމެ މަތީ ލީޑަރު އައްޔަން ކުރުމުގެ މަރުހަލާއަށް ހުރަސް އެޅުމުގެ ގޮތުން ޤުމްގައި ހުންނަ އީރާނުގެ ތަޖުރިބާކާރުންގެ މަޖިލިސް ހިމެނޭ އިމާރާތަށް އިޒްރާއީލުން ބޮމުގެ ހަމަލާދީފިއެވެ.
އިޒްރާއީލު އެމެރިކާއިން ގުޅިގެން އީރާނަށް ވަޔާއި ކަނޑުމަގުން ހަމަލާދޭން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނެވެ.
އޭގެ ފަހުން އީރާނުން ވަނީ ބަދަލު ހިފުމުގެ ގޮތުން ވަނީ އިސްރާއީލާއި، އެމެރިކާއިން މެދުއިރުމަތީގައި ހިންގަމުންދާ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާ ދީފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ އީރާނުގެ ރޫހާނީ ލީޑަރާއި އާޔަތުﷲ އަލީ ހާމަނާއީ އާއި އޭގައުމުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަކޮށްލައިފައެވެ.
އީރާނުގެ އައު އެންމެ މަތީ ލީޑަރު އައްޔަން ކުރުމުގެ މަރުހަލާއަށް ހުރަސް އެޅުމުގެ ގޮތުން އިޒްރާއީލުން ހަމަލާދީފައިވަނީ ވޯޓު ގުނަމުން ދަނިކޮށް ކަމަށްވެސް އިޒްރާއީލުގެ އޮފިޝަލުން ބުނެގައިވެއެވެ. އަދި މި ހަމަލާދީފައިވަނީ އީރާންގެ އާލީޑަރު ހޮވުން ހުއްޓުވުމަށްކަމަށްވެސް އިޒްރާއީލްގެ އޮފިޝަލުން ބުނެފައެވެ.
މި ހިނގާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުންވެސް އަންނަނީ އީރާނާއި އެކު ތިބިކަން ހާމަކުރަމުނެވެ. އެގޮތުން އުތުރުކޮރެއާގެ ރައީސް ވިދާޅުވެފައިވަނީ އީރާނުން އެހީއަށް އެދިއްޖެނަމަ ހަނގުރާމައިގެ އެންމެ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމަށެވެ. އަދި އިޒްރާއީލް ވުޖޫދުން ފޮހެލުމަށް އެއްމެ މިސައިލެއްވެސް ފުދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޗައިނާއާއި، ރަޝިއާ އަދި ތްރުކީން ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ލިބޭނެ ފައިދާއެއް ނެތް ކަމަށާއި ހަމަ އެކަނި އުފެދޭނީ އިތުރު މައްސަލަތައް ކަމަށެވެ.
އެމެރިކާއާއި އިޒްރާއީލުން އީރާނަށް ދޭ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމާއި، ވައިގެ ސިފައާއި، ނޭވީގެ ލީޑާޝިޕް އަވަހާރަކޮށްލާފައިވާ ކަމަށާއި، އީރާނުން މިހާރު ބޭނުންވަނީ މަޝްވަރާ ކުރަން ބޭނުންވާކަމަށެވެ. ނަމަވެސް މަޝްވަރާކުރަން މިހާރު މާ ލަސްވެއްޖެ ކަމަށެވެ.

