ހުޅުމާލޭގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމުތައް ކުރިއަށް ގެންދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުން ހަދާފައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއާ ދެމެދުއެވެ.

އިއްޔެ އެޗްޑީސީ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.

ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ޗެއާޕާސަން، އިމާން މުހައްމަދެވެ.

އެއް އަހަރު ދުވަހުގެ މި އެއްބަސްވުމުގެ ދަށުން، ތެލެސީމިއާ ސޮސައިޓީގެ ފަރާތު ންއެޗްޑީސީއާ ގުޅިގެން، ހުޅުމާލޭ ދެ ފޭހުގައި ތެލެސީމިއާއަށް ހޭލުންތެރި ކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.