މާލެއިން ގެއްލިގެން ހޯދަމުން ދިޔަ އަންހެނަކު ފެނިއްޖެއެވެ.
ފުލުހުން ހޯދަމުން ދިޔައީ ޅ. ނައިފަރަށް ނިސްބަތްވާ ފާޠިމަތު ނޫރާ، 32، އެވެ.
އޭނާ ރޭ 8:00 އެހައިކަންހާއިރު ގެއިން ބޭރަށް ދިޔަ ފަހުން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް އާއިލާ އިން ރިޕޯޓްކުރީ ދަންވަރު 12:19 ގައެވެ.
ފުލުހުން ބުނީ، މިއަދު 11:20 އެހައިކަންހާއިރު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި ކަމަށެވެ.

