ަބަންޑާރަ މިސްކިތާއި ޒިކުރާ މިސްކިތް އަޅަން ފަންޑު ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށާއި މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ފަންޑު ހަމަޖެހިފައިވާކަމަށެވެ.
މި ދެ މިސްކިތުގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑު ހަމަޖައްސާފައިވަނީ ދީލަތި ފަރާތްތަކުން ކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
ބަންޑާރަ މިސްކިތުގެ މަސައްކަތް ރޯދަ މަސް ނިމުމުން ފަށާނެ ކަމަށާއި، ޒިކްރާ މިސްކިތް ހުރި ތަނުގައި އަޅާ މިސްކިތުގެ ބިންގާ ރަމްޟާން މަހުގެ 27 ވިލޭރޭ އެޅުމަށް އެހީދޭ ފަރާތުން އެދިފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން މިސްކިތްތަކަށް ދޭ އަހަމިއްޔަތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް އަންނީ ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މުޅިން އަލަށް މިސްކިތް ބިނާކުރާ ކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވާ މަރާމާތުކުރުން ހިމެނެއެވެ.
އެގޮތުން މިރޯދަ މަސް ފަށަން ވާއިރަށްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާ މިސްކިތްތައް ހުޅުވާފައިވާއިރު މާލޭގެ ބޮޑު 4 މިސްކިތެއް ވަނީ އޭސީކޮށްފައެވެ.

