ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ލ. ގަން، ތުނޑި، މާފަތް މަގާއި އިޖުތިމާއީ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ މިރޭ 9:39 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު ވެސް ގަމުގައި އެކްސިޑެންޓެއް ވަނީ ހިނގައިފައެވެ.

ގަން، ތުނޑި، ލިންކް ރޯޑުން ދެ ސައިކަލު ޖެހި ހިނގި އެ އެކްސިޑެންޓުގައި ވެސް ދެ މީހަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.