ބޭނުންވާތަކެތި
90 ގ ބަޓަރު
4/3 ޖޯޑު ކާސްޓަރ ޝުގަރ
1 ލުނބޯ ތޮށި (ގާނާފައި)
1 ލުނބޯ ގެހުތް
300 ގ. ކޯޓެޑް ޗީޒް
2 މޭޒުމަތީ ސަމުސާ ސެމޯލިނާ
1/2 ޖޯޑު އާމަންޑްސް
1/3 ޖޯޑު ހިކި މޭބިސްކަދުރު
2 ބިސް
ތައްޔާރުކުރާނެގޮތް
އެންމެ ފުރަތަމަ ވެސް، ބަޓަރު ރަނގަޅަށް ގިރާލާށެވެ. އޭގެ ފަހުގައި، ހަކުރާއި ލުނބޯތޮށިވެސް ބަޓަރާއެކު ރަނގަޅަށް މިކްސްކޮށް ލާށެވެ.
ދެން ޗީޒްކޮޅާއި ބިހުގެ ގޮބޮޅި އެއްކުރާށެވެ. ބާކީހުރި ތަކެއްޗާއި ގިރާފައިހުރި ބައިތައް ރަނގަޅަށް އެއްކޮށްފައި ޓްރޭގައި ބަޓަރުހާކާށެވެ.
ފުށްގަނޑު ޓްރޭ އަށް އަޅާފައި އަވަނުން ފިހެލާށެވެ.
ކޭކް ހިހޫވީމާ އައިސިން ހަކުރު ކޮޅެއް ފުރާނާލާފައި ކޭކް މައްޗަށް ބުރުވާލާށެވެ.

