ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު ހެންވޭރު އުތުރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ހަރަކާތުގެ ތެރެއިން މިއަދު ހެންވޭރު އުތުރު ދާއިރާއަށް ރައީސް ވަޑައިގެންފައިވާއިރު މީގެ ކުރިންވަނީ މައްޗަށްގޮޅި މެދު ،މައްޗަށްގޮޅީ ދެކޮނު، ހެންވޭރު ހުޅަނގު، ހެންވޭރު ދެކުނު ގަލޮޅު އުތުރުގެ އިތުރުން މާފަންނު މެދާއި، މާފަންނު ދެކުނު ދާއިރާއަށްގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.

 

މިއަދުގެ ހެންވޭރު އުތުރު ޑޯ ޓު ޑޯގެ ތެރެއިން

 

މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވައިފައެވެ.

ޕީއެންސީން އަންނަނީ ކުރިއަށް އޮތް އިންތިހާބަށް އެޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލޭ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކެންޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

 

މިއަދުގެ ހެންވޭރު އުތުރުގެ ޑޯ ޓު ޑޯގެ ތެރެއިން

 

މި ކެމްޕެއިން ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ކެމްޕެއިން ހަރަކާތްތަކުގައި ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެ އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭންވީ ސަބަބުތައް ހާމަކުރެއެވެ.

އަދި ސަރުކާރަށް ތާއީދު ނުކުރާ ކައުންސިލެއް ހޮވައިފިނަމަ ރަށުގެ ތަރައްގީއަށް ދިމާވާނެ ގޮންޖެހުންތައްވެސް ރައްޔިތުންނަށް ހިއްސާކުރެއެވެ.