ގައުމުގެ ދިފާއުގައި ޝަހީދުވެގެން ދިޔަ ބަތަލުންގެ ޒިކުރާ، މިއަދު އާ ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވައި ރައީސް ވިދާޅުވީ ގައުމުގެ ދިފާއުގައި ގުރުބާންވެވަޑައިގެން، ޝަހީދުވެެގެން ދިޔަ ބަތަލުންގެ ޒިކުރާ އާ ކުރައްވާ ކަމަށެވެ. އެބަތުންނަށްޓަކައި އެމަނިކުފާނު ވަނީ ދުއާވެސް ކުރައްވައިފައެވެ.
ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސްކުރަން. ޤައުމުގެ ދިފާއުގައި ޤުރުބާންވެވަޑައިގެން ޝަހީދުވެދިޔަ ބަޠަލުންގެ ޒިކުރާ މިއަދު އައުކުރަން. މާތްﷲ އެ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. ދިވެހި މިވަޠަން މިނިވަންކަމުގައި އަބަދުމެ ލައްވާށި.
— Ibrahim Mohamed Solih (@ibusolih) November 3, 2022
ނަސްރުގެ ދުވަހަކީ ބާޣީންގެ ކިބައިން ދިވެހީންނަށް ކާމިޔާބީ ލިބުނު ދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ދިވެހީންނަށް ކުރިމަތިވި ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.