73 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިކަމަށްޓަކައި މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.
މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވައުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިގުރާރު ލައިދެއްވާ ކޯހުގެ ކޮމްޕެނީ ކޮމާންޑަރ އަދި ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ވިޝާނެވެ. އަދި މުދައްރިބުންނަށް ވައުދު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ޖިނާނެވެ. 73 ވަނަ އަސާސީ ތަމްރީނު ކޯހުގައި 142 ދަރިވަރުން ހިމެނޭ އިރު އޭގެތެރޭގައި 25 އަންހެން ދަރިވަރުން ވެސް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޒައީމާއި، 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުހައްމަދު ޖިނާނާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޮމްޕެނީ ކޮމާންޑަރ އަދި ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަހުމަދު ވިޝާނާއި، އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުހައްމަދު ނަދީމާއި، އެ އެކެޑެމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ސާޖަންޓް މޭޖަރ ޒުހައިރު ހުސައިނާއި، 73ވަނަ އަސާސީ ތަމްރީނު ކޯހުގެ އެކްޓިން އެގްޒެކެޓިވް އޮފިސަރ، ފަސްޓް ސާޖަންޓް ނާޒިމް އިބްރާހީމް ވަހީދާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަހުމަދު ލަތީފާއި، ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް ފަސްޓް ކްލާސް މުހަައްމަދު އަބްދުއްރަޙްމާން ބައިވެރިވެލެއްވިއެވެ.