ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭ ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށްގެންދާ ”ދޮރުންދޮރަށް“ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މި ހަރަކާތުގެ ތެރެއިން މިއަދު ހުޅުމާލެ މެދަށްވަޑައިގެންފައިވާއިރު، ބުދަ ދުވަހު ވަނީ ހުޅުމާލެ ދެކުނުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައވެ. މީގެ އިތުރުން ވިލިމާލެއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާއިވާއިރު މި ރަމަޟާން މަސްތެރޭގައި ވަނީ މާލޭގެ ދައިރާތަކަށް ވަޑައިގެން ރައްޔިތުންނާއި ވަނީ ބައްދަލުކުރައްވާފައެވެ.

މިއަދު މެންދުރު ޝްވެކް ސިނަމާކައިރިން ފެށި މިހަރަކާތަށް އެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެއެވެ
މި ހަރަކާތުގައި ރައީސްގެ އަރިހުގައި މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މާލޭ ޕީއެންސީން މާލޭ ސިޓީގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ އެކި ދާއިރާގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެފައިވެއެވެ.

ކެމްޕެއިން ހަރަކާތުގެ ގެ ތެރެއިން ރައީސް ހުޅުމާލެ މެދަށް ވަޑައިގެންފައިވާއިރު، ހުޅުމާލެއަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުން އަންނަ ތަނެކެވެ.
މާލޭގެ ދާއިރާތަކުގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޕީއެންސީން އަންނަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެޕާޓީގެ ފަރާތުން ވާދަކޮށްފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

