އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު ދޭއް ޖަހާ އެހާކަންހާއިރު ކަމަށެވެ.
އަދި މި ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި އެރަށުގެ ސިއްހީ މަރުކަޒުން ފަރުވާދީފައިވާިއރު އޭގެ ތެރެއިން 5 މީހުން މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މީގެ ތެރެއިން ސީރިއަސް ދެމީހުން އިތުރު ފަރުވާއަށް މާލެގެނެސް ފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
އަދި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށާ، މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބިދޭސީން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބޮލޮކެއްގައި ގޭސްފުޅިއެއް ގޮވައިގެންނެވެ.

