އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީއެވެ.

އޭނާގެ ޖަނާޒާ ހަރަމްފުޅުގައި މިރޭ ފަތިސްނަމާދު ފަހުން ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭނާ ނިޔާވި ސަބަބެއް ސާފެއް ނޫނެވެ. މީގެ ކުރިން ވެސް، އުމްރާގެ އަޅުކަމުގެ ތެރޭގައި ބައެއް ދިވެހިން ވަނީ ނިޔާވެފައެވެ.