ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި މާލޭ އޭރިއާގެ ހަތަރު ތަނެއްގައި ކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ މާލެއާ ވިލިމާލެ އަދި ހުޅުމާލެ ދެ ފޭސް ގައިވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނެކަމަށާއި، އެގޮތުން މާލޭގައި މާފަންނު ސްޓޭޑިއަމްގަ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު ވިލިމާލެ ގައި އެ ނަމާދު ކުރާނީ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އަދި ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް ގައި ބޮޑު ޖަމާއަތުގައި ނަމާދު ކުރަން ހަމަޖެހިފައިވާއިރު ފޭސް ދޭއްގައި އެ ނަމާދު ކުރާނީ މަސްޖިދު ހަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގައި ކަމަށް އެ މިނިސްޓްރީ އިން ބުނެފައިވެއެވެ.

އަދި އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި އީދު ނަމާދު ކުރާގޮތަށް ހަމަޖެހިފައިވާއިރު، މާލޭގައި އިތުރު 15 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް މާލޭ އޭރިއާގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި ވިލިމާލޭގައި މަސްޖިދުއްސަލާމް، ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު ޢަޒީޒާ މޫސާ އާއި މަސްޖިދު އަޞްދިޤާ އާއި މަސްޖިދުލްވާލިދައިނި ގައި ޢީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޭސް ދޭއްގައި އީދު ނަމާދު އޮންނާނީ މަސްޖިދުލް ޢީމާން އާއި މަސްޖިދު ޢުޘްމާން ބިން ޢައްފާންގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.