ބަދަނަކީ އިންސާނަގެ ހަށިގަނޑަށް އެތައް ފައިދާ އެއް ލިއްބައިދޭ އެއްޗެކެކެވެ. ބަދަނުގައި އެކި ވައްތަރު ހުންނަ އިރު އެ އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ކައެވެ. އޭގެ ތެރެއިން ވެސް ސޯކްޑް އަލްމަންޑް ނުވަތަ ފެނުލާފައި ބަހައްޓާ ގިނައިރު ފޯވެފަ ހުންނަ މާކަނަމަދު ނުވަތަ އާމަންޑަކީ މީއީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ.
ހަޖަމުކުރަން ފަސޭހަވުން
އާމަންޑްގެ ބޭރު ތޮށީގައި ހުންނަނީ އެންޒައިމް އިންހިބިޓަރސް އެކެވެ. ފެނުގައި ބެހެއްޓުމުން މި މާއްދާތައް ނެތިގޮސް، ހަށިގަނޑަށް ކަނަމަދު ހަޖަމުކުރަން ފަސޭހަވެގެންދެއެވެ.
ނިއުޓްރިއަންޓްސް ދަމައިގަތުން އިތުރުވުން
ފެނުލާފައި ހުންނަ ކަނަމަދުން ވިޓަމިން އީ، މެގްނީޒިއަމް، އަދި އެހެނިހެން މާއްދާތައް ހަށިގަނޑަށް ދަމައިގަތުމަށް ފަސޭހަކޮށްދެއެވެ. މީގެ ސަބަބުން އަލްމަންޑްގެ ފުރިހަމަ ފައިދާ ލިބިގެންދެއެވެ.
ބަރުދަން ލުއިކުރުމަށް އެހީވުން
އާމަންޑަކީ އޭގައި ގިނަ އަދަދަކަށް ފައިބަރާއި ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދީ، މާ ގިނައިން ކެއުމުން ދުރުކޮށްދެއެވެ.
ހިތުގެ ދުޅަހެޔޮކަން
މީގައި ހުންނަ މޮނޯއަންސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ހަށިގަނޑުގައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
ސިކުނޑީގެ މަސައްކަތް ރަނގަޅުވުން
ކަނަމަދުގައި ހުންނަ ވިޓަމިން އީ އަދި ރައިބޯފްލެވިން ފަދަ މާއްދާތަކަކީ ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދީ، ހަނދާން ގަދަކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ.
ހަކުރު ބަލި ކޮންޓްރޯލް ކުރުން
މެގްނީޒިއަމް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
ހަންގަނޑާއި އިސްތަށިގަނޑަށް ލިބޭ ފައިދާ
މީގައި ހުންނަ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަންގަނޑު އޮމާންކޮށް ބެހެއްޓުމަށާއި އިސްތަށިގަނޑު ވަރުގަދަކުރުމަށް އެހީވެއެވެ.
އާމަންޑް ފެނުލާފައި ބަހައްޓަން އެންމެ ރަނގަޅީ 8 ގަޑިއިރު ނުވަތަ މުޅި ރޭގަނޑުއެވެ. އަދި ހެނދުނު ހުސްބަނޑާ ހުރެ ކެއުމުން މީގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެއެވެ.

