މިއަދު ބޭއްވި ދެ ބައި އިލެކްޝަން ވެސް އިދިކޮޅު މައި ޕާޓީ، ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.

Ads by Asuru

މިއަދު ބައި-އިލެކްޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.

މި ދެ އިންތިހާބު ޕީޕީއެމްގެ ދެ ކެންޑިޑޭޓުން ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ ވާދަކޮށެވެ. އެގޮތުން ކަލައިދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ފަރާތުން ވާދަކުރި އައިޝަތު ސަފިއްޔާ އެވެ.

މަގޫދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލް ޣަނީ އެވެ.

މިއަދުގެ އިންތިހާބާއި ގުޅޭގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ އެމްޑީޕީ އަށް ނާކާމިޔާބު ދުވަހެއް ކަމަށެވެ.