ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ކޮޓަރިއެއް އަނދާ ހުލިވެއްޖެއެވެ.

އަލިފާން ރޯވީ ހުޅުމާލެ ލޮޓްނަންބަރު 11395 އެޕާޓްމަންޓުގައެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން ގޭގެ އެއް ކޮޓަރި ވަނީ އަނދާފައި ކަމަށެވެ. އަދި ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީގެ ފަރާތުން އެގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް ވަނީ ބުނެފައެވެ.