ފ. ނިލަންދޫގައި ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، 2026 މާރިޗު 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފ. ނިލަންދޫއިން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ގެވެށި އަނިޔާގެ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާއި ގުޅުންހުރި އިތުރު މައުލޫމާތު ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

