ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ހ. ހިޔާ ރޯދި ނަމަކަށް ކިޔާ ގޭގައި ހުންނަ ގުދަނެއްގައެވެ.

އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުދަނަކަށް ބޭނުންކުރަމުން އައި އެ ގެޔަކީ އެއްވެސް ބަޔަކު ދިރިއުޅޭ ގެއެއް ނޫނެވެ. އެތަނުގައި ރޯވި އިރު އެތަން ހުސްކުރުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.