މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މި ހާދިސާ ހިނގީ، މ.ކައިރުގެ، ޕްރައިމް ގޯ ޑައުން އެކެއްގައެވެ.

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކަނޑާލާފައެވެ.

އަލިފާން ރޯވީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ހުރި ގުދަނެއްގައެވެ.

ރޯވި އަލިފާން ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައިވާއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވެފައިވާ 34 މީހަކަށް ސޯޝަލް ސެންޓަރުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވެއެވެ.