ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ފަސް މީހުން ދަތުރުކުރަމުން ދިޔަ ކަމަށާއި އޭގެ ތެރެއިން ދެ މީހުން ގެއްލިފައިވާކަމަށެވެ. އަދި ތިންމީހުންނަށް އަނިޔާވެގެން ވ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މިހާދިސާގައި ގެއްލުނު މީހުންގެ ވަނަވަރު އަދި ހާމަ ކޮށްފައި ނުވާއިރު، އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ މި ހާދިސާގެ ހަބަރު އެ އިދާރާއަށް ލިބުނީ ރޭ 3 ޖެހިއިރު ކަމަށެވެ.

