އެފޯޑަބަލް ހައުސިން މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ގަނެވޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ނަމަ ކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި ތަރައްގީކުރާ 1224 އެފޯޑަބަލް ހައުސިން ޔުނިޓްގައި ބިންގާ އެޅުމަށް އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އިއުލާންކޮށްފައިވާ މަޝްރޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ހާއްސަ މަޝްރޫއެއް ކަމަށެވެ.
އަދި އެއަށް ޝަރުތު ހަމަވާނީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުންނަށް އެކަނި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ ބީއެމްއެލްއިން ކުރިއަށްގެންދާ އެ މަޝްރޫއަކީވެސް ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ މުހިންމު ނައެއްކަމަށާއި، އެ އެމަޝްރޫއުތަކުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް އަތްފޯރާ އަގުތަކުގައި އަމިއްލަ ބޯހިޔާވަހިކަން މިލްކުކުރުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބޯހިޔާވަހިކަން އެންމެނަށް ޕްރޮގްރާމުގެ ދަށުން ތަރައްގީކުރާ ތިން ކޮޓަރީގެ 3,260 ހައުސިން ޔުނިޓަކީ މަހަކު 60,000 ރުފިޔާއަށް ވުރެ ދަށުން އާމްދަނީ ލިބޭ އާއިލާތަކަށް ހާއްސަކޮށްގެން ދޫކުރާނެ ތަންތަންކަމަށެވެ.


ޢަޅުގަނޑަކީ މާލޭ ރަށްވެއްސެއްގެ ގޮތުގަ ދަފުތަރުގައި ރެޖިސްޓްރީ ވެފައި އޮންނަތާ 30 އަހަރުވެފައިވާ މީހަކަށްވީހިނދު ނިމިދިޔަސަރުކާރު ޝަރުތު ހަމަވާކަމަށް ކަދައަޅައި ފައި އޮއްވާ ޕޯޓަލުންވެސް އަޅުގަޑުގެ ނަން ގެއްލުވާލާފަވާ މީކެކީމެވެ. ޚޮބާ އަޅުގަނޑުގެ ބޯހިޔާވެހިކަން؟