މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ ގާނޫނު ނިމުމާއެކު މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ހުރިހާ މަރުހަލާއެއް ނިންމާގައިވާ ވަރަށް ގިނަ މީހުން އެބަތިބި ކަމަށާއި، މިއީ އެއްވެސް ސަރުކަރަކަށް ތަންފީޒު ކުރާނަމޭ ބުނެ ނުކުރެވިފައި އޮތް ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިގައުމަކީ އިސްލާމީ ޝަރީއަތް ހިނގާ ގައުމެއް ކަމަށާއި، އަދި މަރުގެ ހުކުމް އިއްވުމަށް ހުރިހާ މަރުހަލާ އެއް ނިމިފައިތިބި ފަރާތްތަކަށް މަރުގެ ހުކުމް ނުއިއްވާ ބޭއްވުމަކީ ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުންނަ މީހަކަށް އޮތް ޗޮއިސް އެއްނޫން ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ޑްރަގް ޓްރެފިކިން ކަންތަކުގައި ގާނޫނަށް ގެނަވުނު އިސްލާހުގެ ދަށުން، މިހާރު މަރުގެ އަދަބު އިތުރުކުރެވިފައިވާކަމަށާއި، މި މަރުގެ އަދަބު ތަންފީޒު ކުރަން ތިބި ފަރާތްތަކަށް މިހާ ހިސާބަށްވެސް މަރުގެ އަދަބު ތަންފީޒު ކުރެވިފައިނުވާކަމަށާއި، އެހެންކަމުން މަރުގެ ހުކުމް ތަންފީޒކުރުމަށް ގާނޫނީ ފްރޭމްވޯކް ތެރޭގައި ކަށަވަރު ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ހަމައެކަނި ހަދާލެވޭ އުސޫލަކާއި، ގާނޫނަކުން މި ފަދަ ކަންތައްތައް ނުކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އެހެން ކަމުން މިހާރު ބަންޑާރަނައިބްގެ އޮފީހުން ކުރިއަށް ގެންދަން. މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ  ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާއި ބެހޭ ބިލެއް އެބަ ތައްޔާރުކުރަން“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެބިލް މިހާރު ނިމުމަކާއި ހަމަޔަށް ގޮސްފައިވާ ކަމަށާއި މިހާރު މިހިނގާ މަޖިލީހުގެ ދައުރުގެ ތެރޭގައި މި ބިލް މަޖިލީހަށް ފޮނުވާލެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ބިލް މަޖިލީހުން ފާސްވެ، ބިލް ތަސްދީގު ކުރެވުމުން ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ސަރުކާރުން ތަންފީޒުކުރާނެ ކަމަށެވެ.

އަދި ރާއްޖޭގެ އަދުލު އިންސާފު ގާއިމް ކުރުމަށްޓަކައި އަދި ސޯޝަލް ޖަސްޓިސް ގާއިމް ކުރަން، ކުރަން ޖެހޭ ކަމެއް އިސްލާމީ ގައުމެއްގައި، އެ ފަދަ ހުކުމެއް އިއްވަން ހުރިހާ މަރުހަލާއެއް ނިމިފައި އޮންނަ އިރު އެކަން ހިފެހެއްޓިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.  އަދި ސައްތަ އިން ސައްތަ މުސްލިމް ގައުމެއްގައި އެފަދަ ހުކުމެއް ތަންފީޒުކުރުން ހިފެހެއްޓިގެން ނުވާނެ ކަމަށާއި އަދި އެ ފަދަ ހުކުމެއް ތަންފީޒު ކުރުން ހުއްޓުވުމަކީ ދައުލަތަށް އޮތް ޗޮއިސްއެއްވެސް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެ ފަދަ ހުކުމެއް ތަންފީޒުކުރުން ހުއްޓުވުމަކީ ދައުލަތަކަށް ލިބިގެން އޮތް ޗޮއިސް އެއް ނޫންކަމަކާއި އަދި ސައްތައިން ސައްތަ

އެ އޮންނަ އުސޫލެއްގެ މަތިން ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ހާލަތުގައި އެކަން ހިފެހެއްޓުމަކީ ދައުލަތަކަށް އޮތް ޗޮއިސްއެއް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެފަދަ ހުކުމެއް ތަންފީޒު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.