މާލެ ސިޓީ، ގަލޮޅުގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަބުނަމްހައުސް / ލ.މާބައިދޫ، ހުސައިން ޝަހުބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން، ރޭ ހައްޔަރު ކޮށްފައި ކަމުގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.