ގއ ވިލިނގިލީގެ ސްކޫލް އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވީ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފް ރޫމްތަކުގައެވެ.
ވިލިނގިލީގެ ކައުންސިލުން ބައެއް މީޑިއާތަކަށް ބުނީ، އަލިފާން ރޯވީ، ތައުލީމީ މަރުކަޒުގެ ހަތަރު ވަރަކަށް ސްޓާފްރޫމް ހުރި ސަރަހައްދުގައި ކަމަށެވެ.
އެތަނުގައި ރޯވި އަލިފާން، ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު ވަނީ ނިއްވައިލައިފައެވެ.
މި އަލިފާނުގެ ހާދިސާގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމް އަދި އެއް ކިލާސްރޫމްވަނީ އަނދާފައެވެ.

