މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު، މިއަދު ހަވީރު 5:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމެވީ ވޯޓުލުމުގެ ފުރުޞަތުވީހާވެސް ގިނަ ރައްޔިތުންނަށް ފަހިކޮށްދިނުމަށާއި، ބައެއް ސަރަޙައްދުތަކުގައި ކިއޫތައް ދިގުވުމުގެ ސަބަބުން ގިނަ ބަޔަކު ވޯޓުލާން މަޑުކޮށްގެން ތިބުމާ ގުޅިގެންނެވެ. ކުރިން ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:00 އަށް ވޯޓުލުން ނިންމާލުމަށެވެ.
ނަމަވެސް މިހާރު ގެނައި ބަދަލާއެކު، 5:00 ޖަހާއިރު ކިއޫގައި ތިބި ހުރިހާ އެންމެންނަށް ވޯޓުލުމުގެ ފުރުޞަތު ދެވޭނެއެވެ. އަދި ވޯޓު ފޮށިތައް ބަންދުކުރާނީ 5:00 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، ވޯޓުލުމުގެ ކަންކަން ރާއްޖޭގެ ހުރިހާ ސަރަހައްއްދެއްގައިވެސް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވޯޓުލާން ވަޑައިގަތުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އިންތިޚާބަކަށް ވާއިރު، ސަރުކާރުގެ އިސްވެރިންނާއި އާންމު ރައްޔިތުން އަންނަނީ ވަރަށް ފޯރިއާއެކު ވޯޓުލުމުގައި ބައިވެރިވަމުންނެވެ.

