އެޕްރީލް 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ މި ދެ ދުވަސް ބަންދު ކުރެއްވުމަށް ނިންމެވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު ކުރިއަށް ގެންދިއުމާއިގުޅިގެން އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އެޕްރީލް 5 ވާ އާދީއްތަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީކަމަށެވެ.
އިންތިހާބަށްފަހު ވެސް އިންތިހާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޕްރީލް 6 ވާ ހޯމަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވާފައެވެ.
އެއާއެކު މި ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސް ވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

