މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފަށައިފިއެވެ.

އެގޮތުން ބައެއް ސިޓީތަކުގެ މޭޔަރު ނަތީޖާއާއި ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ މެންބަރުންގެ ބައެއް ވޯޓުތައް މިހާރު ވަނީ ގުނާފައެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ބައެއް ނަތީޖާ މިހާރު އިއުލާން ވަނީ އިއުލާން ކޮށްލާފައެވެ.

މިހާރު އިއުލާނު ކޮށްއިވާ ބައެއް ނަތީޖާ ތަކަށް ބަލާއިރު ރަށު ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑި ޕީއެންސީން ކާމިޔާބު ކުރިއިރު، ސިޓީތަކުގެ މޭޔަރުންގެ ގިނަ ގޮނޑި އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނެގި ހިޔާލު ހޯދުމުގެ ވޯޓްގައި މިހާތަނަށް އިއުލާން ކޮށްފައިވާ ނަތީޖާއަށް ބަލާއިރު ރައްޔިތުންގެ ގިނަ ބަޔަކު ދެ ވޯޓު އެއްދުވަހެއްގައި ބޭއްވުމަށް ވަނީ ނޫނެކޭ ބުނެފައެވެ.

މިއަދު ކުރިއަށްގެންދިޔަ މި ވޯޓްގައި 60 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.