އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް މީހަކު މާލޭގެ މަގެއް މަތިން ފެނިގެން، އައިޖީއެމް ހޮސްޕިޓަލަށް މިއަދު ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު އިރުއޮއްސި 18:18 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.
އެ މުއައްސަސާއިން ބުނީ އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

