ސަރުކާރުން ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތާ ގުޅޭގޮތުން ގިނަ ފާޑުކިއުންތަކެއް އަމާޒުވި ނަމަވެސް އެކަމުން ވެސް ދައުލަތަށް ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި މާރޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ ހިދުމަތުން 730 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ ރާއްޖޭގެ އުތުރުގައި (އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި) ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފެށީ 2024 ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން، ދުނިޔޭގެ ހަކަތައިގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ’ވިޓޯލް އާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ މިސްރާބު ބަދަލުކޮށްލާނެ، އަދި ފަތުރުވެރިކަމަށް އެކަނި ބަރޯސާވުން ކުޑަކޮށްދޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތަޖުރިބާކާރުންދެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވެގެން ދިއުމުން އިއާދަކުރަވެނި ހަކަތަ އުފެއްދުން މުހިންމުވެފައިވާ ކަމަށާއި ރާއްޖޭގެ ބޭނުންކުރާ ހަކަތައިގެ 2028 ވަނަ އަހަރާއި ހަމަޔަށް ދާން ވާއިރާ 33 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތަޔަށް ހެދުމަކީ ރައީސްގެ ވައުދުފުޅެއްކަމަށެވެ.
އަދި އެ މަސައްކަތުގެ ތެރެއިން ސަސްޓެއިނަބަލް ޓައުންޝިޕަކަށާއި، ފްލޯޓިން ސޯލާ ސަރަހައްދެއް ގާއިމްކުރުމަށް ސްޕެޝަލް އިކޮނޮމިކު ޒޯންގެ ލައިސެންސް ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

