މި އަހަރުގެ މިހާތަނަށް ޗައިނާއިން 100،00 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް ޗައިނާއިން 100،185 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، މިއީ މިދިޔަ މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ 15 ޕަސެންޓެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ 684،908 ފަތުރުވެރިންނެވެ.

ޗައިނާ އިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ފަތުރުވެރިން އައީ ވެސް އެ ގައުމުންނެވެ. އެ ގައުމަކީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ވެސް ޝެޑިއުލް ދަތުރުތަކެއް ބާއްވަމުން އަންނަ ގައުމެކެވެ.

މިހާރު ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރަޝިއާ އިން 84،739 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 65،105 ފަތުރުވެރިން އައިސްފައިވެއެވެ.

މި ތިން ގައުމާ އެކު އެންމެ ގިނަ ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެނީ އިޓަލީ،
ޖަރުމަން، އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޓްޒަލޭންޑް އަދި އޮސްޓްރިއާއެވެ.