އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވެސް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވީ ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވާފަައިވާ ކަމަށެވެ.

ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2023 ގައެވެ.

މަތީން މިއަދު ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދެއްވިއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު ކަމުގެ މަގާމުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.