ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލްގެ ޓަވަރުން އަންހެނަކު ވެއްޓި މަރުވެއްޖެއެވެ.

އެ އަންހެން މީހާ ވެއްޓިފައިވަނީ އެމްޕީއެލްގެ އެމް ޓަވަރާއި ޕީ ޓަވަރާ ދެމެދަށް ވާގޮތަށް އިންނަ ބައިގެ ހަވަނަ ފަންގިފިލާއިންނެވެ.

އެ އަންހެން މީހާގެ ހަށިގަނޑު އެމްބިއުލާންސަށް އަރުވާފައިވަނީ ބޭގަކަށް ލައިގެން ކަމަށެވެ.

އޭނާ މަރުވިކަން ފުލުހުން ރޭ ވަނީ ކަށަވަރުކޮށްދީފައެވެ.