ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ’އަދަދު‘ ނޫހުން އުފައްދާފައިވާ ”އައިޝާ“ ވީޑިއޯ ޑޮކުމެންޓްރީގެ މައްސަލައިގައި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރި އިޝާ އަޝްރަފުގެ ޕާސްޕޯޓް މިއަދު ހިފަހައްޓައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ”އަދަދު“ އިން ގެނެސްދިން ”އައިޝާ“ ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

އީޝާ އަޝްރަފް ދިރިއުޅޭ އެޕާޓްމަންޓަށް ފުލުހުން މިއަދު ގޮސް، އީޝާއަށް ވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ރައްދުކޮށްދީފައިވާއިރު، އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައު ވަނީ މިއަދުން ފެށިގެން ޖުލައި 26ގެ ނިޔަލަށެވެ.

އީޝާގެ އިތުރުން ”އަދަދު“ ނޫހުގެ އެޑިޓަރު، ހަސަންގެ ޕާސްޕޯޓުވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ.

އަދި ރޭގެ ވަގުތެއްގައި ވަނީ އަދަދުގެ ސީއީއޯ ފިޔާޒް މޫސާގެ ފާސްޕޯޓްވެސް ހިފަހައްޓައިފައެވެ.