ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް އާމިނަތު ޝިރުނާ މިއަދު އައްޔަނުކޮށްފިއެވެ.

އެ މަގާމަށް ޝިރުނާ އައްޔަނުކޮށްފައި މިވަނީ، މި ސަރުކާރުގެ އެންސްޕާގެ ސީއީއޯގެ މަގާމުގައި ފުރަތަމަ ހުންނެވި ހީނާ ވަލީދު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.

ޝިރުނީ އަކީ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ދަމަނަވެށީގެ އިތުރުން ބްލަޑް ބޭންކުގެ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ފަރާތެވެ.

އެންސްޕާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިރުނާ ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.