އަޟްހާ އީދާ ގުޅިގެން މި މަހުގެ 24 އަދި 25 ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، 24 މެއި ވާ އާދިއްތަ ދުވަހާއި 25 މެއި ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 31 މެއި ވާ އާދީއްތަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަހަރުގެ ހައްޖު ދުވަސް ވަނީ، މި މަހުގެ 26 ވާ އަންގާރަ ދުވަހަށެވެ. އަދި އަޟްހާ އީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހަށެވެ.