މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އިރުތިޝާމް އާދަމް، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރު އާ މިއަދު ނިއުދިއްލީ ގައި ބައްދަލުކުރައްވައިފިއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި، ދެ މިނިސްޓަރުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިގްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވި ކަމަަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒްގެ ދައުވަތަކަށް މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

