މިރޭ ސިނަމާލެ ބްރިޖު ހައިވޭގައި ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ފަޅީގައި އެއާޕޯޓު ލައިޓު ކައިރީގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ މައުލޫމާތު އެ މުއައްސަސާއަށް ލިބުނީ، މިރޭ 10:12 ހާއިރު ކަމުގައެވެ. މި އެކްސިޑެންޓު ހިނގީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގެ ދަށުވެއެވެ.

މި ހާދިސާގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ. ފުލުހުން މިކަން ތަހުގީގު ކުރަމުންދާއިރު، އިތުރު ތަފްސީލެއް ނުދެއެވެ.