އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ދަށުން ރާއްޖޭގެ މުރަކަތައް އަލުން އާބާތުރަ ފިލުވުމުގެ އެންމެ ބޮޑު އެއް ހަރަކާތް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ދޫނިއާ ރެކް ޕްރޮޖެކްޓަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި އެޗްޑީސީ ގުޅިގެން ހިންގާ ރީޖެނަރޭޓިވް ޓޫރިޒަމް ޕްރޮޖެކްޓެކެވެ.

2025 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ކަނޑުއަޑީގައި މަރުވެފައިވާ ދެ މަތިންދާ ބޯޓު ކަނޑުއަޑީގެ ފަރުގެ ސްޓްރަކްޗާއަކަށް ބަދަލުކޮށް، ދިގު މުއްދަތަކަށް މުރަކަ އަލުން އާރާސްތުކޮށް، ކަނޑު އަޑީގެ ފަރުތަކުގެ ސްޓްރަކްޗާއަކަށް ބަދަލުކޮށް، ކަނޑުގެ ދިރުންތައް އަލުން ދިރުވައި ތަޖުރިބާ ކުރުމަށް ހާއްސަ ސައިޓެއް ހެދުމެވެ.

އެޗްޑީސީން ބުނީ ނިމިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވި އެ ހަފްލާގައި، އޭޝިޔާ މީޑިއާ ސަމިޓުގައި، މުރަކަތަކުގެ ބައިތައް ކަނޑުއަޑީގެ ފްރޭމްތަކުގައި ހަރުކޮށް، މުރަކަތައް ދޫނިއާ ރެކް ސައިޓަށް ބަދަލުކުރިއެވެ. މި ސައިޓުގައި ކަނޑުއަޑީގެ އެއާކްރާފްޓް ފަރުތަކުގެ ލޭއައުޓެއް ފަރުމާކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހަރަކާތުގައި އެޗްޑީސީގެ ޓީމާއި ވޮލަންޓިއަރިން ޓޫރިޒަމް އެސްޓަބްލިޝްމަންޓްތަކުގެ ޑައިވް ޓީމުތަކުން ވަނީ ފަރުތައް މަރާމާތު ކުރުމުގެ މަސައްކަތް ސައިންޓިފިކް ގޮތެއްގައި ކުރިއަށް ގެންގޮސްފައި ކަމަށެވެ. އެ ދިރާސާގައި ބައިވެރިންނަށް މުރަކަ ހޭންޑްލިން ކުރުމާއި ޕްލޭސްމަންޓް ޓެކްނިކްސްއާ ބެހޭ ގޮތުން އިރުޝާދު ދީފައިވާ ކަމަށެވެ.

ޑޫނިއާ ރެކް އިނީޝިއޭޓިވްގެ ދަށުން ކަނޑުގެ އަޑިއަށް ދިޔަ މަތިންދާބޯޓުތަކަކީ މުރަކަތައް އަލުން އާރާސްތުކޮށް، އެކްސްޕީރިއެންޝަލް ޑައިވް ޓުއަރިޒަމް ގުޅުވައިދޭ މެރިން އިކޯސިސްޓަމްގެ ބިންގަލެކެވެ. މި ސައިޓް މަރުހަލާގައި މުރަކަ ބޮޑުވުމާއި އާބާތުރަ ފިލުވުމުގެ ސަބަބުން ކަނޑުގެ ބަޔޯޑައިވާސިޓީއަށް އެހީވެދޭ ގޮތަށް ފަރުގެ މާހައުލެއް އުފެދިގެންދާނެއެވެ.

 

އޭގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށާއި ކަނޑުގެ ސަރަހައްދު އަލުން އާރާސްތު ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލި ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ ސަބަބުން ތިމާވެށި ރައްކާތެރިކޮށް، ތިމާވެއްޓަށް ލޯބިކުރާ ފަތުރުވެރިކަމުގެ ދާއިރާއަށް ރާއްޖެ ބަދަލުވެ، ރާއްޖޭގެ ލަގްޒަރީ ޕޮޒިޝަނަށް ވުރެ އިތުރަށް ފުޅާވެގެންދާނެކަމަށް އެ ކޯޕްރޭޝަނުން ފާހަގަ ކުރެއެވެ.

 

ދޫނިއާ ރެކްގައި މުރަކަ މަރާމާތު ކުރުމުގެ ހަރަކާތުގެ ބައިވެރިން:

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް

ޑައިވް ކްލަބް މޯލްޑިވްސް، ވިލާ ނޯޓިކާ

ޑައިވް ބަނޑޮސް

ބަނިޔަން ޓްރީ ވަބިންފަރު

މަލަހިނި ކުޑަ ބަނޑޮސް

ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ

ސައިންސް އެކްސްޕްލޯރާ އެކްޓް ޑިސްކަވަ (ސީޑް)

މެރިން ލެބް މޯލްޑިވްސް

މޫދުބުޅާ ޑައިވް

އެކްސްޓްރީމް މޯލްޑިވްސް

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް

އަކުއާ ކްލަބް މޯލްޑިވްސް

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)