އަލަށް އިންތިހާބު ކުރި ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުން މަގާމުގެ ހުވާކޮށްފިއެވެ.

މާލެ ސިޓީގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ފުރަތަމަ ހުވާ ކުރެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.

ހުވާ ކުރެއްވުމަށްފަހު އާދަމް އާޒިމް ވަނީ ހުވާގެ އިގުރާރުގައި ސޮއި ކުރައްވާފައެވެ.

އެއަށްފަހު މާލެ ސިޓީގެ އިންތިހާބީ ކައުންސިލަރުން ވަނީ މަގާމުގެ ހުވާ ކުރައްވާ، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފައެވެ.

މޭޔަރު އާދަމް އާޒިމާއި މާލެ ސިޓީގެ ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހައިކޯޓުގެ ފަނޑިޔާރުގެ މުހައްމަދު ޝަނީޒް އަބްދުﷲއެވެ.

ކައުންސިލަރުން ހުވާކޮށް ނިމުމުން މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވަނީ އިގުރާރުގައި ސޮއި ކުރައްވާފައެވެ.