ރާއްޖެ އާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވައިފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ސަޢުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު ވަނީ ފޯނުން ގުޅުއްވައެވެ.

މި މަޝްވަރާއާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ ދެ މިނިސްޓަރުންގެ މި ފޯނު ކޯލުގައި ދޭދޭ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތަރައްގީގައި ސައުދީގެ ހިއްސާ މިނިސްޓަރު އިރްތިޝާމް ފާހަގަ ކުރައްވައި މިދިޔަ އަހަރާއި މި އަހަރު ވެސް މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި ހައްޖާޖީންނަށް ފޯރުކޮށް ދެމުން އަންނަ ޚިދުމަތްތަކަށާއި އެ ގައުމުން ދިވެހި ވަފުދުތަކަށް އަދާކުރައްވާ މެހްމާންދާރީ އަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން މަޝްވަރާތަކުގައި ސަރަހައްދީ ތަރައްގީގެ ދާއިރާތަކަށް ވެސް ދެ މިނިސްޓަރުން އަލިއަޅުއްވާލައްވައި، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމު ކުރުމަށް ރާއްޖޭން އަބަދުވެސް ތާޢީދު އޮންނާނެކަމުގެ ޔަގީންކަން މިނިސްޓަރު އިރުތިޝާމް ދެއްވާފައިވެއެވެ.