މާފިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސް، އެ ލޯންޗުގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާތިލާފުށިން މާލެއަށް ދަތުރު ކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން، މެރިން ޕޮލިސް ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އަދި މީހުން ސަލާމަތްކުރުމަށް މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގަައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 18:04 އެހައިކަންހާއިރުއެވެ.

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ ކައިރިން ހިނގި މި ހާދިސާގައި ކަނޑުވި ހުރިހާ ދަރިވަރުން، ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ދައުރުވަމުން އަންނައިރު، ލޯންޗުން ދަތުރުކުރި ގިނަ އަދަދެއްގެ މީހުން ކަނޑުވެފައިވާ މަންޒަރު ފެނެއެވެ.

އަދި ލޯންޗު އޮތީ އެއްބައި އަޑިއަށް ވެސް ގޮސްފައެވެ.