ރާއްޖެއިން މި އަހަރު ހައްޖަށްދާ އިސްވެރިއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަނޑައަޅުއްވައިފިއެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވެވަޑައިގަތުމަށް ސައީދު މިހާރު ވަނީ ސައުދީ އަރަބިއްޔާ ވަޑައިގަންނަވައިފައެވެ.

ސައީދު ހައްޖަށް ފުރާވަޑައިގެންނެވީ އިއްޔެ ހެނދުނު އެމިރޭޓްސްގެ މަތިންދާ ބޯޓެއްގައެވެ.

އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ކަނޑައަޅުއްވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުއެވެ.

މިދިޔަ އަހަރު އަމީރުލްހައްޖުގެ ގޮތުގައި ހައްޖަށް ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއުއެވެ.

ހައްޖުވެރިންގެ އިސް ޝެއިހަކަށް ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިނެވެ.