ކްލިނިކަލް ހީމަޓޮލޮޖީ ނުވަތަ ލޭގެ ބަލިތަކަށް ހާއްސަ ރާއްޖޭގެ ފުރަތަމަ ދިވެހި ޑޮކްޓަރު ޒީނާ މުހައްމަދު ފުއާދު، އައިޖީއެމްއެޗާ ގުޅިވަޑައިގެންފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވަނީ ކްލިނިކަލް ހީމަޓޮލޮޖީގެ ދާއިރާ އިން ހާއްސަވެވަޑައިގެންނެވި ފުރަތަމަ ދިވެހި ޑޮކްޓަރު ޒީނާ އަށް ހޫނު މަރުހަބާއެއް މަރުހަބާއެއް ދަންނަވާ ކަމަށެވެ.

ޒީނާ އައިޖީއެމްއެޗު ޓީމާ ގުޅިވަޑައިގަންނަވާނީ ކްލިނިކަލް ހީމަޓޮލޮޖީގެ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓެއްގެ ގޮތުގައި ކަމަށް އެ ޕޯސްޓުގައިވެއެވެ.

ޒީނާގެ ތަޖުރިބާގެ ސަބަބުން ބަލި މީހުންނަށާއި މުޖުތަމައުއަށް ބޮޑު ފައިދާއެއް ލިބިގެންދާނެ ކަމަށް ވެސް އައިޖީއެމްއެޗްގެ ޕޯސްޓުގައިވެއެވެ.

ޒީނާއަށް އެޕޮއިންޓްމަންޓް ބޭނުން ނަމަ، 3335335 އަށް ގުޅުމަށް އައިޖީއެމްއެޗުން އެދެއެވެ.