މި އަހަރު މާލެސިޓީގައި އަޟްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އީދު ނަމާދު ކުރަން ފަށާގަޑިއަކީ ހެނދުނު 7.00 އެވެ.
މިގޮތުން މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލެ ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ވިލިގިނލި ބޯޅަދަނޑުގައެވެ.
އަދި ހުޅުމާލެ ފޭސް އެކެއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ސިންތަޓިކް ޓްރެކްގައެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރާނީ ކުޅިވަރު އެކުވެނި / ސްޕޯޓްސް ކޮމްޕްލެކްސްގައެވެ.
މީގެއިތުރުން މާލޭގެ 17 މިސްކިތަކާއި ވިލިމާލޭގެ ދެ މިސްކިތުގައި އާއި ހުޅުމާލެ 1 ގެ ފަސް މިސްކިތަކާއި ހުޅުމާލެ 2 ގެ ދެ މިސްކިތުގައި އީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

