ފުލުހުން ”އެކްސް“ގައި ބުނީ، މިއަދު އިރުއޮއްސި 18:30 ހާއިރު ހުޅުމާލޭގެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެމީހާ ހޯދަމުން އަންނަނީ މެރިން ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެންނެވެ.
މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިރޭ ބުނީ، ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އިތުރު ތަފްސީލެެއް ނުދެއެވެ.

