މިއަދު ކުރުން އެންމެ އެދެވިގެންވާ ދުޢާ:
މިދުޢާއަށްފަހު އެންމެ ގިނައިން ދުޢާކޮށް އެދެންވީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުމަށެވެ.
- ދުއާކުރުން: މީހާގެ ފާފަތައް ފުއްސަވައިދެއްވުމަށާއި، ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ވީހާވެސް ގިނައިން ދުޢާކުރުން.
- ރޯދަ ހިފުން: ހައްޖުގެ އަޅުކަމުގައި ނުވާ މީހުންނަށް މިދުވަހު ރޯދަ ހިފުން މޮޅު އިތުރުވެގެންވެއެވެ. އެއީ ފާއިތުވި އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަތައް ފުހެވިގެންދާނެ ކަމެކެވެ.
- ޒިކުރުކުރުން: تەكبىر ކިޔުމާއި، ޒިކުރުކުރުމުގައި ދުވަސް ހޭދަކުރުން.
ދުޢާ ކުރުން އެންމެ ހެޔޮ ވެގެންވާ ދުވަސްކަމުގައި އަރަފާތު ދުވަސް ވާއިރު، މި ފުރުސަތުގެ ބޭނުން ހިފާށެވެ.
ޝެއިޚު މުހައްމަދު ބާޖޫރުގެ ދަރުސެއްގައި، އެމަނިކުފާނު ވަނީ އަރަފާތު ދުވަހު ދުޢާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ނަސޭހަތް ދެއްވަވައިފައެވެ.
ޝެއިޚު ވިދާޅުވިއެވެ. ތިބާ ވަޒީފާއެއް ހޯދަނީ ހެއްޔެވެ؟ (އެހެންކަމަށްވާނަމަ) ދުވަހަކީ އެއީއެވެ! އަރަފާތު ދުވަހު، ވަޒީފާ އަކަށް އެދެންވީއެވެ!
ޞިއްޙީ މައްސަލަތަކެއް ހުންނަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!
ގޭގައި މައްސަލަތަކެއް އުޅެނީ ހެއްޔެވެ؟ ﷲގެ ހަޟްރަތުގައި އާދޭސް ކުރަންވީ އެ ދުވަހުގައެވެ!
ދަރިއަކު ބޭނުންވަނީ ހެއްޔެވެ؟ ދަރިއަކު ލިބުމުން ތިބާ މަހުރޫމްވެފައި ވަނީ ހެއްޔެވެ؟ ދުވަހަކީ އެއީއެވެ!
އަނބިމީހާ/ފިރިމީހާގެ އާއިލާއާމެދު މައްސަލަ އުޅެނީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!
ދައްކަން ހުރި ބައިވަރު ދަރަނިތަކެއް ހުރީހެއްޔެވެ؟ ދުވަހަކީ އެއީއެވެ!
ޢަރަފާތު ދުވަހުގެ ދުޢާއިން ހާސިލުވި އަޖައިބު ކުރުވަނިވި ކަންކަމުގެ ވާހަކަ ތިބާ ނިކަން މީހުން ކައިރީގައި އަހާބަލާށެވެ! އެންމެ މޮޅު ދުޢާ އަކީ އަޞުރު ނަމާދާއި މަޣްރިބު ނަމާދާއި ދެމެދުގެ ދުޢާއެވެ.
އެ ދުވަހު ތިބާއަށް އެކަހެރި ވެވޭނެނަމަ، މިސްކިތަށް ގޮސް މި 3 ގަޑިއިރު ހަމައެކަނި ދުޢާއަށް ހުސްކޮށްލާށެވެ!

