ލ. ގަމުގައި ކަރަންޓު ޖެހިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް ޓަކައި މިއަދު މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، އީދަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 14 އަހަރުގެ އެ ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ފޮއްޓަކުން ބޯޑު ވާގަނޑަކަށް ކަރަންޓު ނަގަން އުޅުމުގެ ތެރޭގައެވެ.

ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނެވެ.

ނަމަވެސް ކުއްޖާގެ ހާލު ސީރިއަސްވުމާ ގުޅިގެން، އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު ވަނީ މާލެއަށް ގެނެސްފައެވެ.

އަދި މިހާރު އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމްގައެވެ.