މެދުރާއްޖެތެރޭގެ ރަށެއްގައި އިމާރާތަކުން ކުޑަ ކުއްޖަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ މެދުރާއްޖެތެރޭގެ ރަށެއްގައި ކުޑަކުއްޖަކު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ވެއްޓުނުކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ވެއްޓިފައިވަނީ ކ. ގުރައިދޫގައި ހުންނަ އިމަރާތަކުންނެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.